ފެށުން 6:2 - ކިތާބުލް މުޤައްދަސާ2 މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.“
އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.
އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުމުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ.