ފެށުން 6:18 - ކިތާބުލް މުޤައްދަސާ18 ނަމަވެސް ތިމަންކަލާނގެ ތިބާއާއި އެކުގައި ޢަހުދުނާމާއެއް ކުރައްވާނަން. އެނަވަށް އަރާ. އަދި ތިބާގެ ދަރިންނާއި އަނބިންނާއި އަދި އެ ދަރިންގެ އަނބީން ވެސް އެނަވަށް އަރުވާ.“ အခန်းကိုကြည့်ပါ။ |
”ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާއަކީ މިއީ: ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ލައްވާނެ ކަމުގެ ވަޢުދު ކުރައްވަމު. އެ ސަބަބަށްޓަކައި އަބްރާމްގެ ބަދަލުގައި ތިބާގެ ނަމަކަށް މީގެފަހުން ވާނީ އިބްރާހީމް. އެއީ ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ވާނެތީ.
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.
އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.