ފެށުން 6:17 - ކިތާބުލް މުޤައްދަސާ17 ”ތިމަންކަލާނގެ މުޅި ދުނިޔެ ފެންބޮޑުވާ ވަރަށް ދުނިޔެއަށް ފެން ފޮނުއްވާނަން. އޭގެ ސަބަބުން އުޑުދަށުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ. ދުނިޔޭގައި ދިރިހުރުމުގެ ނޭވާލާ ހުރިހާތަކެއްޗެއް ތިމަންކަލާނގެ ނެތިކޮށްލައްވާނަން. အခန်းကိုကြည့်ပါ။ |
ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ އުފެއްދެވި އިންސާނުން މިދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އިންސާނުންނާއި ޖަނަވާރުންނާއި ބިމުގައި ދިރިއުޅޭ ހުރިހާ އެއްޗަކާއި ޖައްވުގައި އުދުހޭ ދޫނިތަކާ ހުރިހާ އެއްޗެއް ދުނިޔެއިން ނެތިކޮށް ފޮހެލައްވާނަން. އެއީ އެތަކެތި ހެއްދެވުނު ކަމުގެ މައްޗަށް މިހާރު ތިމަންކަލާނގެ ހިތާމަ ކުރައްވަން ޖެހުނީތީ.“
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.
އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.