Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 6:16 - ކިތާބުލް މުޤައްދަސާ

16 އެނަވަށް ފުރާޅެއް ވެސް ހަދާ، ނަވުގެމަތީގައި އެއް މުށް ހުންނަހާ ދުރުމިނުގައި އެފުރާޅު ހަރުކުރޭ. އެއަށް ފަހު ތިން ފަންގިފިލާ ހަދައި ނަވުގެ އަރިމަތީގައި ދޮރެއް ހަރުކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 6:16
9 ပူးပေါင်းရင်းမြစ်များ  

”⁠އެނައު ބަންނައިރު، އެނަވުގެ ދިގުމިނުގައި ދުއިސައްތަ ރިޔަން (ގާތްގަނޑަކަށް 450 ފޫޓު)، ފުޅާމިނުގައި ތެއްތިރީސް ރިޔަން (ގާތްގަނޑަކަށް 75 ފޫޓު)، އުސްމިނުގައި ވިހި ރިޔަން (ގާތްގަނޑަކަށް 45 ފޫޓު) ހުންނަ ގޮތުގެ މަތިން ބަނދޭ.


”⁠ތިމަންކަލާނގެ މުޅި ދުނިޔެ ފެންބޮޑުވާ ވަރަށް ދުނިޔެއަށް ފެން ފޮނުއްވާނަން. އޭގެ ސަބަބުން އުޑުދަށުގައިވާ ހުރިހާ އެއްޗެއް ނެތިގެންދާނެ. ދުނިޔޭގައި ދިރިހުރުމުގެ ނޭވާލާ ހުރިހާތަކެއްޗެއް ތިމަންކަލާނގެ ނެތިކޮށްލައްވާނަން.


މާތްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ހުރިހާ ވައްތަރެއްގެ އަންހެން ތަކެއްޗާއި ފިރިހެން ތަކެތި ނައުކޮޅަށް އެރިއެވެ. ދެން މާތްރަސްކަލާނގެ އެނައުކޮޅުގެ ދޮރުލެއްޕެވިއެވެ.


މިއަށް ފަހު ސާޅީސްވަނަ ދުވަހު ނޫޙުގެފާނު ނައުކޮޅުގައި ހެއްދެވި ކުޑަދޮރު ހުޅުއްވިއެވެ. އަދި ނައުކޮޅުގައިވާ ދޫނިތަކުގެ ތެރެއިން ކާޅެއް ނަންގަވާ އޭތި ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. އޭތި ފެންގަނޑު ހިނދެންދެން އެއްކޮޅުން އަނެއްކޮޅަށް އުދުހެމުން ގެންދިޔައެވެ.


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’⁠ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.⁠‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’⁠އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ