Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 6:13 - ކިތާބުލް މުޤައްދަސާ

13 ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދުނިޔޭގައިވާ ހުރިހާ އެންމެން ނެތިކޮށްލައްވާނަން. އެއީ ދުނިޔެ އަނިޔާވެރިކަމުން ފުރިފައި ވަނީ އެމީހުންގެ ސަބަބުން. ހަމަކަށަވަރުން ވެސް ވަރަށް އަވަހަށް ތިމަންކަލާނގެ އެމީހުންނާއި ދުނިޔެވެސް ނެތިކޮށް ލައްވާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 6:13
19 ပူးပေါင်းရင်းမြစ်များ  

”⁠ޝިމްޢޫން އާއި ލާވީ އަކީ އެއް މިޒާޖެއްގެ ދެބެއިން. އެހެނީ އެބައިމީހުންގެ ކަނޑިތައް ބޭނުންކުރާނީ އަނިޔާވެރިކަން މަތީގަ.⁠“


ފަހެ ނޫޙު، ޖުފްރި ގަހުގެ ލަކުޑިން ނަވެއް ބަނދޭ. އެނަވުގައި ކޮޓަރިތަކެއް ހަދާ، އަދި އެނަވުގެ ބޭރާއި އެތެރެފަރާތުގައި ކަތުރާން އުނގުޅާ.⁠“


ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ.


އެއާއެކު ދުނިޔޭގައިވާ ދިރުންހުރި ހުރިހާ އެއްޗެއް ނެތިގެން ހިނގައްޖެއެވެ. ދޫނިސޫފާސޫތްޕާއި އޮޅުޖަނަވާރުތަކާއި ވަލުޖަނަވާރުތަކާއި ބިންމަތީގައި ދިރިއުޅޭ ހުރިހާ ވައްތަރެއްގެ ދިރޭ ތަކެއްޗަކާއި އިންސާނުން ވެސް ނެތިދިޔައީއެވެ.


މާތްރަސްކަލާނގެ ދުނިޔޭގައި ވީ ހުރިހާ އެއްޗެއް ދުނިޔޭގެ ބިމުން ނެތިކޮށް ފޮހެލެއްވިއެވެ. ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާއާއި އެމީހުންނާއި އެކު ނައުކޮޅުގައި ވީތަކެތި ފިޔަވާ ހުރިހާ އެއްޗެއް ނެތިވެ ދިޔައީއެވެ.


މިއަދުން ފެށިގެން ހަތްވަނައަށް ވާ ދުވަހު ތިމަންކަލާނގެ ދުނިޔެއަށް ސާޅީސް ރެއާއި ސާޅީސް ދުވަސް ވަންދެން ވާރޭ ފޮނުއްވާނަން. އަދި ތިމަންކަލާނގެ އުފެއްދެވި ދިރުންހުރި ހުރިހާ އެއްޗެއް ދުނިޔެއިން މުޅިން ފޮހެލައްވާނަން.⁠“


އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ