Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 6:12 - ކިތާބުލް މުޤައްދަސާ

12 ދުނިޔެ އަނިޔާވެރިކަމާއި ނުބައިނުލަފާކަމުގެ ތެރެއަށް ވެއްޓިފައިވާ މިންވަރު މާތްކަލާނގެ ދެކެވޮޑިގެންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 6:12
18 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އިބްރާހީމްގެފާނު، ތިމަންކަލާނގެ ސަދޫމު އާއި ޢަމޫރަތުގެ މީހުންގެ ހައްދުފަހަނައަޅައިފައިވާ ނުބައި އަމަލުތަކާ މެދު ގިނަގުނަ ވާހަކަތަކެއް އަހައިފީމު. އެމީހުންގެ ހުރިހާ ޢަމަލަކީ ނުބައި ފާފަވެރި އަމަލުތަކެއް ކަމުގައި ވުމުން ތިމަންކަލާނގެ އެމީހުންގެ ކައިރިއަށް ގޮސް މިހުރިހާ ކަންތައްތަކުގެ ދޮގުތެދު ބައްލަވާނަން.⁠“


ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ދުނިޔޭގައިވާ ހުރިހާ އެންމެން ނެތިކޮށްލައްވާނަން. އެއީ ދުނިޔެ އަނިޔާވެރިކަމުން ފުރިފައި ވަނީ އެމީހުންގެ ސަބަބުން. ހަމަކަށަވަރުން ވެސް ވަރަށް އަވަހަށް ތިމަންކަލާނގެ އެމީހުންނާއި ދުނިޔެވެސް ނެތިކޮށް ލައްވާނަން.


އެހެނަސް ނޫޙުގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ރުއްސެވުން ލިބިވަޑައިގެންނެވިއެވެ.


ދެން މާތްރަސްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިބާއާއި ތިބާގެ އާއިލާ ނަވަށް އަރާ. އެއީ ތިމަންކަލާނގެ މިޒަމާނުގެ މީހުންގެ ތެރެއިން ރުހިވޮޑިގެންވާ މީހަކީ ހަމައެކަނި ތިބާ ކަމުގައި ދެކެވޮޑިގެންވާތީ.


އެއާއެކު ދުނިޔޭގައިވާ ދިރުންހުރި ހުރިހާ އެއްޗެއް ނެތިގެން ހިނގައްޖެއެވެ. ދޫނިސޫފާސޫތްޕާއި އޮޅުޖަނަވާރުތަކާއި ވަލުޖަނަވާރުތަކާއި ބިންމަތީގައި ދިރިއުޅޭ ހުރިހާ ވައްތަރެއްގެ ދިރޭ ތަކެއްޗަކާއި އިންސާނުން ވެސް ނެތިދިޔައީއެވެ.


ދެން ވެސް މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އާއި ތިޔަބައިމީހުންނާއި އަދި ދިރިހުރި ހުރިހާ ތަކެއްޗަކާއި އަދި ދުނިޔޭގައި އަންނަން އޮތް އެހެން ޖީލުތަކާ މެދު މިކުރައްވާ ޢަހުދުނާމާގެ ހެއްކަކީ މިއީ.


މާތްރަސްކަލާނގެ ހުރިހާ ކަމެއް ބައްލަވާވޮޑިގަންނަވައެވެ. ހެވަކަސް ނުބަޔަކަސް ވެހެވެ.


އޭރުން މާތްރަސްކަލާނގެ މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށް ދެއްވާނެ ދިންނެވުން ކަލޭމެންނަށް ވެސް ހާމަކުރައްވާނެއޭ.⁠‘⁠“


އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ