Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:9 - ކިތާބުލް މުޤައްދަސާ

9 އެބައިމީހުން ޔޫސުފުގެފާނާއި އެކުގައި ދިޔައީ އަސްވާރުންނާއި އެކު އަސްގާޑިޔަލުގެ ގާފިލާތަކުގައެވެ. އެ ހިނދު އެ ބައިމީހުންގެ އަދަދު ނުހަނު ގިނައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:9
10 ပူးပေါင်းရင်းမြစ်များ  

މީގެ އިތުރުން ފިރުޢައުނު ރަސްގެފާނު އޭނާގެ ރަސްކަމުގައިވާ ދެވަނަ ދަރަޖައިގެ ޝާހީ އަސްގާޑިޔާ ކޮޅު ޔޫސުފުގެފާނަށް ދެއްވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ މަގުތަކުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ސިފައިންގެ އިސްވެރިން ގޮސް މިފަދައިން ގޮވުމަށް ވެސް ފިރުޢައުނު އެންގިއެވެ. ”⁠ޔޫސުފަށް މަގުދައްކާ! ޔޫސުފަށް މަގުދައްކާ!⁠“ މިގޮތުގެމަތިން ކަންތައްތައް ކުރެއްވުމަށް ފަހު ފިރުޢައުނު ރަސްގެފާނު މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޔޫސުފުގެފާނު ޢައްޔަނު ކުރެއްވިއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަސްގާޑިޔާކޮޅު ތައްޔާރު ކުރައްވައި ޖާސާންއަށް ދަތުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބަފައިކަލުން ފެނިވަޑައިގަތުމުން ބަފައިކަލުންގެ ހަށިކޮޅުގައި ބައްދަވައި ކޮނޑުފުޅުމަތީގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި އެތައް އިރެއްވަންދެން ކީރިތި ކުރެއްވިއެވެ.


ދަތުރުކޮށް ގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު އެބައިމީހުން ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ.


ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އެންމެހާ އަޚުންނާއި އެކުގައި ދިރިއުޅެމުން ގެންދިޔަ ހުރިހާ އެންމެންނާއި އެކަލޭގެފާނުގެ ބަފައިކަލުންނާއި އެކުގައި ދިރިއުޅުނު މީސްތަކުން ވެސް އެކަލޭގެފާނާއި އެކުގައި ގެންދިޔައެވެ. ނަމަވެސް އެބައިމީހުން ދިޔައީ އެބައިމީހުންގެ ކުދިންނާއި ބަކަރިތަކާއި ކަންބަޅިތައް ޖާސާންގައި ބައިތިއްބާފައެވެ.


އަހަރެން މިޞްރު މީހުންގެ ގޮތްދޫނުކުރާނެހެން ހަދާނަން. އޭރުން އެމީހުން ކަލޭމެންގެ ފަހަތުން ދާނެ. ފިރުޢައުނަށާއި އޭނާގެ ސިފައިންނާއި އަސްވާރުންނާއި އަސްގާޑިޔާތަކުގެ މައްޗަށް ފަތަޙަ ހޯދުމުން އެކަމުގެ ސަބަބުން އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އުފުލިގެންދާނެ.


ކަނޑުގެ ލޮނުގަނޑު އައިސް އަސްވާރުންނާއި އަސްގާޑިޔާތަކާއި ފިރުޢައުނުގެ ލަޝްކަރު އެއްކޮށް ގަންބާލިއެވެ. އިސްރާއީލީން ފަހައި އައި މިޞްރުގެ އެންމެން ޣަރަގުވެ ހިނގައްޖެއެވެ. އޭގެ އެކަކު ވެސް ސަލާމަތެއް ނުވެއެވެ.


ރަސްގެފާނާއެކު މިޞްރުގެ އެންމެ މޮޅު ހަސަތޭކަ އަސްގާޑިޔަލާއި ދެން ވެސް މިޞްރުގައި ހުރިއްޔާ ހުރި އަސްގާޑިޔާތަކަށް ވެސް ވެރިޔަކު ލައިގެން ގެންދެވިއެވެ.


މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ