Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:5 - ކިތާބުލް މުޤައްދަސާ

5 ’⁠އަޅުގަނޑުގެ ބަފައިކަލުން އަވަހާރަވުމުގެ ދާންމަތީގައި، އެކަލޭގެފާނު ފަސްދާނުލެއްވުމަށް ހަމަޖައްސަވާފައިވާ ތަން ކަމަށްވާ ކަންޢާނުގައި ފަސްދާނުލައި ދޭނެ ކަމަށް އަޅުގަނޑު ވަނީ ވަޢުދު ވެފައި. ވީމާ، އެތަނުގައި ބަފައިކަލުން ފަސްދާނު ލުމަށް ފަހު، އެނބުރި އައުމުގެ އަމުރު ދެއްވުމަށް އެދި ދަންނަވައިދީ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:5
19 ပူးပေါင်းရင်းမြစ်များ  

ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.⁠“


އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


ހިތާމައިގެ ދުވަސްތައް ނިމުމަކަށް އައުމުން، ޔޫސުފުގެފާނު ފިރުޢައުނުގެ އެންމެހާ ވަޒީރުންނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންނާއި މެދުގައި ރުހިގެންވާނަމަ، ރަސްގެފާނަށް މިފަދައިން ނަންގަނެދެއްވާ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާގެ ވަޢުދުފުއްދުމަށް، ބަފައިކަލުން ފަސްދާނު ލެއްވުމަށް ދޭ.⁠“


އެއަށް ފަހު އޭނާ އީސާގެފާނުގެ ހަށިކޮޅު ފަރުބަދަ ކަނޑައިގެން ހަދާފައިވާ އޭނާގެ އަމިއްލަ އާ މަގުބަރާގެ ތެރޭގައި ވެޑުވިއެވެ. ދެން އޭނާ އެ މަގުބަރާގެ ދޮރުމަތީގައި ބޮޑު ހިލައެއް ބާއްވާފައި ހިނގައްޖެއެވެ.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ކުރީ ކީއްތަ؟ މަގޭ ގާތު ބުނޭ!⁠“ ޔޫނަތައިން ބުންޏެވެ. ”⁠އަޅުގަނޑު ދަނޑިބުރިއަކުން ކުޑަ މާމުއިކޮޅެއް ނަގައި ރަހަބެލީ. އެކަމާހެދި އަޅުގަނޑު މަރާލަން ވީތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ