ފެށުން 50:25 - ކިތާބުލް މުޤައްދަސާ25 އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދަރިންގެ ކިބައިން ޔޫސުފުގެފާނު މިފަދައިން ޢަހުދު ކަށަވަރު ހިއްޕެވިއެވެ. ”މާތްކަލާނގެ ތިޔަބައިމީހުން މިރަށުން ނެރުއްވައި ތިޔަބައިމީހުން ކަންޢާނަށް އަލުން އަނބުރާ ގެންދަވާ ހިނދު އަހަރެންގެ ހަށިގަނޑު ތިޔަބައިމީހުންނާއި އެކުގައި ގެންދިއުމަށް ވަޢުދުވޭ.“ အခန်းကိုကြည့်ပါ။ |
މޫސާގެފާނު ވަޑައިގެންނެވީ ޔޫސުފުގެފާނުގެ ކަށިތައް ހިއްޕަވައިގެންނެވެ. އެހެނީ އިސްރާއީލީން ލައްވައި ޔޫސުފުގެފާނު ވަނީ މި ގޮތަށް މިކަންތައް ކުރުމަށް ހުވާ ކުރުއްވާފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ”މާތްކަލާނގެ ކަލޭމެން ސަލާމަތް ކުރައްވަން މިތަނުގައި ވޮޑިގަންނަވާނެ. އެދުވަހަކުން ކަލޭމެން ދާން ވާނީ އަހަރެންގެ ކަށިތައް ހިފައިގެން.“
އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.“‘