22 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާ އާއި އެކުގައި މިޞްރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭހަ ދިހަ އަހަރުގައެވެ.
އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.
އަފްރާއީމްއަށް ދަރިން ލިބި އަދި ކާފަ ދަރިން ލިބުނީ ވެސް ޔޫސުފުގެފާނު ދުނިޔޭގައި ހުންނަވަނިކޮށެވެ. އަދި ޔޫސުފުގެފާނުގެ ދަރިކަލުން މަނައްސާއަށް ފިރިހެން ދަރިއަކު ލިބުނެވެ. އޭނާގެ ނަމަކީ މާކީރު އެވެ. މާކީރުގެ ދަރިންނަކީ ޔޫސުފުގެފާނުގެ އުފަންދަރިން ކަމުގައި ހެއްދެވިއެވެ.
ޔޫސުފުގެފާނު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ދިހަ އަހަރުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޙަކީމުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުފުޅުލުމަށް ތައްޔާރު ކޮށް އެހަށިކޮޅު ސަންދޯކަށް ލައިފިއެވެ.
ޔޫސުފުގެފާނު އޭރު ވެސް ވަނީ މިޞްރުގައެވެ. ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުންގެ އަދަދަކީ ހަތްދިހައެވެ.