Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:21 - ކިތާބުލް މުޤައްދަސާ

21 އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.⁠“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:21
13 ပူးပေါင်းရင်းမြစ်များ  

މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ.


އެކަމާއި ހެދި މިހާރު ތިޔަބައިމީހުން ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. ސަބަބަކީ ތިޔަބައިމީހުން އަހަރެން ވިއްކާލީ މިތަނަށް ކަމުގައި ވާތީ. މިކަން މި ގޮތަށް ހިންމަވައި ދެއްވީ މާތްކަލާނގެ. އެއީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ވެސްމެ.


ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އާއިލާ އާއި އެކުގައި މިޞްރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭހަ ދިހަ އަހަރުގައެވެ.


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


އަނެކުންގެ ކުށްތަކަށް ތިޔަބައިމީހުން މަޢާފްކޮށްފި ނަމަ، އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ކުށްތައް ވެސް ޢަފޫ ކޮށްދެއްވާނެ.


އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ