Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:20 - ކިތާބުލް މުޤައްދަސާ

20 ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:20
15 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔަހޫޛާ އޭނާގެ އަޚުންނަށް މިފަދައިން ޚިޔާލު ދިނެވެ. ”⁠އަހަރެމެންގެ ކޮއްކޮ މަރާލާފައި، އެކަލޭގެ ހަށިގަނޑު ފޮރުވުމުން އަހަރެމެންނަށް އެކަމުން ކުރާނީ ކޮންފައިދާއެއް؟


އެކަލޭގެއަކީ އަހަރެމެން އަޚެއްމެ. އަހަރެމެން އެކަލޭގެ މަރުގެ ޒިންމާ ނެގުމުގެ ބަދަލުގައި މިއަންނަ އިސްމާޢީލީންގެ ގާފިލާގެ ވިޔަފާރިވެރިއަކަށް އެކަލޭގެ ވިއްކާލަމާ ހިނގާ!⁠“ މިގޮތާއިމެދު ޔަހޫޛާގެ އެންމެހާ އަޚުން އެއްބަސްވިއެވެ.


ނަމަވެސް ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނުދެކެ ނުހަނު ނަފްރަތު ކުރެއެވެ. ސަބަބަކީ އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ ދަރިކަލުންނަކީ އެކަލޭގެފާނު ކަމުގައި ވުމުންނެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އަޚުން ހެޔޮބަހެއް އެކަލޭގެފާނާއިމެދު ބުނުމުގެ ބަދަލުގައި ހަރުކަށިކޮށް މުޚާތަބު ކުރޭމެއެވެ.


ނަމަވެސް ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އަހަރެންދެކެ ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި މެދުގައި އިންސާފުކޮށް ޢުޤޫބާތް ދިނުމަށް އަހަރެން ވަނީ މާތްކަލާނގެ މަޤާމުގައިތަ؟


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ