Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:2 - ކިތާބުލް މުޤައްދަސާ

2 އެއަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ބެލެހެއްޓެވުމަށް ހަމަޖައްސަވާފައި ތިބި ޙަކީމުންނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅު ތައްޔާރު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. ޙަކީމުން ޔަޢުޤޫބުގެފާނުގެ ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި ތައްޔާރު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:2
10 ပူးပေါင်းရင်းမြစ်များ  

މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


ޔަޢުޤޫބުގެފާނު އަވަހާރަވި ވަގުތު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅުގައި ބައްދާލައްވައި ކީރިތި ކުރެއްވައި އަދި ބޮސްދެއްވިއެވެ.


ޔޫސުފުގެފާނު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ދިހަ އަހަރުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޙަކީމުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުފުޅުލުމަށް ތައްޔާރު ކޮށް އެހަށިކޮޅު ސަންދޯކަށް ލައިފިއެވެ.


އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް މި އަތަރު އޮއްސައި ދެނީ އަހަރެންގެ ޖަނާޒާއަށް އަހަރެން ތައްޔާރު ކުރުމަށްޓަކާއި.


އެކަނބުލޭގެ އެކުރަނީ އެކަނބުލޭގެ ކުރެވެން އޮތްކަންތައް. އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް އެއަތަރު އޮއްސައިދިނީ އަހަރެންގެ ޖަނާޒާއަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން.


ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ.


އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އެފަދައިން ކަންތައް ކުރުމަށް ހުރަސް ނާޅާ. އޭނާ އެ އަތަރުފުޅި ބެހެއްޓީ އަހަރެން ކަފުންކުރުމަށް ކުރާ ތައްޔާރުތައް ކުރަންޖެހޭ ދުވަހަށްޓަކާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ