Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:17 - ކިތާބުލް މުޤައްދަސާ

17 ކަލޭގެފާނުގެ އަރިހުން މިފަދައިން އެދިވަޑައިގަތުމަށް އެކަލޭގެފާނު ވިދާޅުވި. ’⁠ތިބާގެ ބޭބެމެން ތިބާ އާއި މެދުގައި ކުރި ނުބައި ކަންތައްތަކާއި މެދުގައި އެބައިމީހުންނަށް މަޢާފްކޮށްދެއްވާށޭ.⁠‘ އެހެންވީމާ، އަހަރެމެންނަށް ކުރެވުނު ނުބައި ޢަމަލަށް އަހަރެމެންނަށް މިހާރު މަޢާފް ކޮށްދިނުމަށް އެދި އާދޭސް ދަންނަވަމު. އަހަރެމެންނަކީ ކަލޭގެފާނުގެ ބަފައިކަލުންގެ ރަސްކަލާނގެ މާތްކަލާނގެ އަޅުންމެ.⁠“ ޔޫސުފުގެފާނަށް މި ޚަބަރުފުޅު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:17
24 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


އަހަރެން މިރަށަށް ފޮނުވީ ތިޔަބައިމީހުންނެއް ނޫން. އެއީ މާތްކަލާނގެ. މިޞްރުގެ ރަސްގެފާނުގެ އެންމެ މަތީ އޮފިސަރު ކަމުގައި މާތްކަލާނގެ ވަނީ އަހަރެން ހަމަޖައްސަވާފަ. އެ ރަސްގެފާނުގެ ގަނޑުވަރުގެ އެންމެހާ ކަމެއް އަހަރެންނާއި ވަނީ ހަވާލު ކުރެވިފަ. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރު އެކަލާނގެ އަހަރެންނަށް ދެއްވި.


”⁠ތިބާއަށް އެހީތެރިވާ ފަރާތަކީ ތިބާގެ ބައްޕަގެ ކަލާނގެ މާތްކަލާނގެ. އެކަލާނގެއީ ތިބާއަށް އުޑުން ބަރަކާތުގެ ވާރޭ ފޮނުއްވާ ކުޅަދުންވަންތަ ކަލާނގެ. އެކަލާނގެއަކީ ބިމުގެއަޑިން ތިބާއަށް ފެން ދެއްވާ ކަލާނގެ. ތިބާއަށް ގެރިބަކަރިތަކާއި އަދި ދަރިންވެސް ދެއްވާ ކަލާނގެ.⁠“


ވުމާއެކު، އެބައިމީހުން ޔޫސުފުގެފާނަށް މިފަދައިން ޚަބަރު ދެއްވިއެވެ. ”⁠ކަލޭގެފާނުގެ ބަފައިކަލުން އަވަހާރަވުމުގެ ކުރިން މިފަދައިން އަހަރެމެންނަށް އިރުޝާދު ދެއްވި.


ދެން އެކަލޭގެފާނުގެ އެންމެހާ ބޭބެއިން އެކަލޭގެފާނުގެ އަރިހަށް އައުމަށް ފަހު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސްކޮށް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ އަޅުންނީމު.⁠“


ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.


ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.⁠“


ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.⁠“


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


މިވާހަކަތައް އަނެއް ދިހަ އަސްޙާބީންނަށް އިވި ޔާމިޒާއި ޔޫޙަންނާ ދެކެ އެބައިމީހުން ވަރަށް ރުޅިއައެވެ.


އަހަރެމެންނަށް ލިބޭ ކޮންމެ ފުރުސަތެއްގައިމެ ހުރިހާ އެންމެންނާއި މެދު ވެސް ރަނގަޅަށް ކަންތައް ކުރަން ޖެހޭނެއެވެ. އަދި އީސާގެފާނަށް އީމާންވެގެން ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ވަކިން ޚާއްސަކޮށް ކަންތައް ކުރަން ޖެހޭނެއެވެ.


މިފަދައިން އުޅޭ އެންމެންނަށް މާތްރަސްކަލާނގެ ދެއްވާ ފުރާނައިގެ ހިތްހަމަޖެހުމާއި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހުއްޓެވެ. އެފަދަ މީހުންނަކީ އަލަށް މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ކަމުގައި ލެއްވި މީހުންނެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ