Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:13 - ކިތާބުލް މުޤައްދަސާ

13 އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:13
14 ပူးပေါင်းရင်းမြစ်များ  

އެގޮތުން ޙިއްޘީންގެ އަތުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވުމަށް ފަހު ގަބުރުސްތާނެއްގެ ގޮތުގައި އެތަން ހެއްދެވިއެވެ.


އޭނާގެ ދަނޑުފަނގުގެ ނިމޭ ހިސާބުގައިވާ މަކްފީލަތު ހޮހަޅަ އަހަރެންނަށް ވިއްކާށޭ ބުނެދީ. އަހަރެން އޭނާއަށް އެތަނުގެ ފުރިހަމަ އަގު އަދާކުރާނަށް. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން އެތަން ގަތުމަށް ބޭނުން ވަނީ ގަބުރުސްތާނެއް ހެދުމަށް.⁠“


އޭރު އެކަލޭގެފާނު ވަނީ އަބަހައްދަ އުމުރުފުޅުގައެވެ. މި ދިގު މުއްދަތުގައި އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވެ.


އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ އިސްޙާޤުގެފާނާއި އިސްމާޢީލްގެފާނާއި ދެބޭފުޅުން އެކަލޭގެފާނު ފަސްދާނު ލެއްވީ ޙިއްޘީއެއް ކަމުގައިވާ ޞޫޙަރުގެ ދަރި ޢިފްރޫންގެ އަތުން އެކަލޭގެފާނު ބައްލަވައިގެންފައިވާ މަމްރާގެ އިރުމަތީ ފަރާތުގައިވާ ދަނޑުފަނގުގެ ތެރޭގައިވާ މަކްފީލަތު ހޮހަޅައިގައެވެ. އަދި އެކަލޭގެފާނު ފަސްދާނު ލެއްވުނީ އެކަލޭގެފާނު އަނބިކަމަނާ ސާރާގެ ގަބުރުފުޅާއި ޖެހިގެންނެވެ.


އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.


ތިބާއާ އެކުގައި ތިމަންކަލާނގެ ވެސް މިޞްރަށް ދާނަމު. އަދި އޭގެފަހުގައި ތިބާ މިޞްރުން ބޭރު ކުރައްވާނަމު. ތިބާ މަރުވާ ހިނދު ތިބާގެ ލޯ ޔޫސުފުގެފާނުގެ އަތުން ލައްޕުވައި ދެއްވާނަން.⁠“


އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.⁠“ ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.⁠“


ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް ފަހު އެކަލޭގެފާނުގެ އެންމެހައި އަޚުންނާއި އަދި އެކަލޭގެފާނުގެ ބަފައިކަލުން ފަސްދާނު ލެއްވުމަށް މިޞްރުން އައި ހުރިހާ އެންމެންނާއި އެކުގައި މިޞްރަށް އެނބުރި ވަޑައިގެންނެވިއެވެ.


ނަމަވެސް މަރުވުމަށް ފަހު އެމީހުން ވަޅުލުމަށް ޝެޚެމުގައި އިބްރާހީމްގެފާނު ހަމޯރުގެ ދަރިކޮޅުގެ މީހުންގެ އަތުން ގަނެފައިވާ ބިމަށް ގެންދެވުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ