ފެށުން 50:11 - ކިތާބުލް މުޤައްދަސާ11 އެ ރަށުގައި ދިރިއުޅެމުން ގެންދާ ކަންޢާނުގެ އަހުލުވެރިންނަށް އަޠާދުގައި އެބައިމީހުން ހިތާމަ ފައުޅު ކުރާތަން ފެނުމުން މިފަދައިން ބުނެވުނެވެ. ”މިޞްރުގެ އަހުލުވެރިން އެދައްކައިދޭ ހިތާމައެއްގެ ބޮޑުކަމާއެ!“ އެހެންވެ، އެތަނަށް މިހާރު ދީފައިވާ ނަމަކީ އަބަލް މިޞްރާއިމުއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.“