Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 50:10 - ކިތާބުލް މުޤައްދަސާ

10 ދަތުރުކޮށް ގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު އެބައިމީހުން ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 50:10
16 ပူးပေါင်းရင်းမြစ်များ  

މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


އެ ރަށުގައި ދިރިއުޅެމުން ގެންދާ ކަންޢާނުގެ އަހުލުވެރިންނަށް އަޠާދުގައި އެބައިމީހުން ހިތާމަ ފައުޅު ކުރާތަން ފެނުމުން މިފަދައިން ބުނެވުނެވެ. ”⁠މިޞްރުގެ އަހުލުވެރިން އެދައްކައިދޭ ހިތާމައެއްގެ ބޮޑުކަމާއެ!⁠“ އެހެންވެ، އެތަނަށް މިހާރު ދީފައިވާ ނަމަކީ އަބަލް މިޞްރާއިމުއެވެ.


ފަސްދާނު ލެއްވުމުގެ ކަންތައް ތައްޔާރު ކުރުމަށް ސާޅީސް ދުވަސް ނެގިއެވެ. އެއަށް ފަހު، ޔަޢުޤޫބުގެފާނުގެ މައްޗަށް މިޞްރުގެ އަހުލުވެރިން ހިތާމަ ފާޅުކުރުމަށް ހަތްދިހަ ދުވަސް ނެގިއެވެ.


ހިތާމައިގެ ދުވަސްތައް ނިމުމަކަށް އައުމުން، ޔޫސުފުގެފާނު ފިރުޢައުނުގެ އެންމެހާ ވަޒީރުންނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންނާއި މެދުގައި ރުހިގެންވާނަމަ، ރަސްގެފާނަށް މިފަދައިން ނަންގަނެދެއްވާ.


އެބައިމީހުން ޔޫސުފުގެފާނާއި އެކުގައި ދިޔައީ އަސްވާރުންނާއި އެކު އަސްގާޑިޔަލުގެ ގާފިލާތަކުގައެވެ. އެ ހިނދު އެ ބައިމީހުންގެ އަދަދު ނުހަނު ގިނައެވެ.


ދެން ދާއޫދު ޝާއުލްގެފާނާއި ޔޫނަތައިންއަށް ތައުޒިޔާ ކިޔުމުގެ ގޮތުން މޮޅިވެރި ކަމުގެ ލަވައެއް ހަދައިފިއެވެ.


ބަތުޝަބާއަށް އޭނާގެ ފިރި އުރިއްޔާ މަރުވި ޚަބަރު ލިބުމުން އޭނާ ވަރަށް ރުޔެވެ.


މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ.


އެމީހުން އެ ކަށިތައް ނަގައި ޔާބީޝްގެ ތަމަރިސްކު ގަހުގެ ބުޑުގައި ވަޅުލައިފިއެވެ. އަދި ހަތްދުވަހު ރޯދައަށް ތިބެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ