1 ޔަޢުޤޫބުގެފާނު އަވަހާރަވި ވަގުތު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅުގައި ބައްދާލައްވައި ކީރިތި ކުރެއްވައި އަދި ބޮސްދެއްވިއެވެ.
ތިބާއާ އެކުގައި ތިމަންކަލާނގެ ވެސް މިޞްރަށް ދާނަމު. އަދި އޭގެފަހުގައި ތިބާ މިޞްރުން ބޭރު ކުރައްވާނަމު. ތިބާ މަރުވާ ހިނދު ތިބާގެ ލޯ ޔޫސުފުގެފާނުގެ އަތުން ލައްޕުވައި ދެއްވާނަން.“
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އެނދުގައި އޮށޯވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދެފައިންޕުޅު އެނދަށް ނެންގެވުމަށް ފަހު، އެންމެފަހުގެ ނޭވާފުޅު ދޫކުރައްވައި އަވަހާރަވިއެވެ.
އެއަށް ފަހު އެކަލޭގެފާނުގެ ބަފައިކަލުން ބެލެހެއްޓެވުމަށް ހަމަޖައްސަވާފައި ތިބި ޙަކީމުންނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅު ތައްޔާރު ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. ޙަކީމުން ޔަޢުޤޫބުގެފާނުގެ ހަށިކޮޅު ފަސްދާނު ލެއްވުމަށްޓަކައި ތައްޔާރު ކުރެއްވިއެވެ.
މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ.
ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.
އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.