4 އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ.
މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!“
އަރުޕަކްޝާދު ދުނިޔޭގައި އުޅޭތާ ތިރީސް ފަސް އަހަރުގައި އޭނާއަށް ޝާލަޙު ލިބުނެވެ.
ޤައިނާން ލިބުމަށް ފަހު އަނޫޝް އަށްސަތޭކަ ފަނަރަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް އަނޫޝްއަށް ލިބުނެވެ.
މަހްލަލްއީލު ލިބުމަށް ފަހު އަށްސަތޭކަ ސާޅީސް އަހަރު ޤައިނާން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޤައިނާންއަށް ލިބުނެވެ.
އިދުރީސްގެފާނު ލިބުމަށް ފަހު އަށް ސަތޭކަ އަހަރު ޔާރިދު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޔާރިދަށް ލިބުނެވެ.
މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްކަލާނގެ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ.
ލާމިކު ލިބުމަށް ފަހު އޭނާ ހަތްސަތޭކަ އަށްޑިހަ ދެ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާ އަންހެންދަރިން ލިބުނެވެ.
އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ.
ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެން ވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ.
އާދަމްގެފާނު މުޅިއެކު ނުވަ ސަތޭކަ ތިރީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އާދަމްގެފާނު އަވަހާރަވީއެވެ.
އަނޫޝް ލިބިވަޑައިގަތުމަށް ފަހު ޝީޘްގެފާނު އަށްސަތޭކަ ހަތް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދި އެހެނިހެން ދަރިދަރިކަލުންނާއި ދަރިދަރި ކަނބަލުން ޝީޘްގެފާނަށް ލިބިވަޑައިގެންނެވިއެވެ.
މާތްކަލާނގެ ނޫޙުގެފާނަށާއި އެކަލޭގެފާނުގެ ތިން ދަރިކަލުންނަށް ރަޙުމަތް ލައްވައި މިފަދައިން ވަޙީކުރެއްވިއެވެ. ”ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރަށް ދުނިޔެ ފުރާލާ.
ތިމަންކަލާނގެ ތިޔަބައިމީހުންނަށް ވަޙީކުރައްވަން: ތިޔަބައިމީހުންގެ އަދަދު ގިނަކޮށް އިތުރު ކުރޭ. އަދި މުޅި ދުނިޔެ އާބާދު ކުރޭ.“