30 ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެން ވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ.
އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ. ލާމިކު ބުންޏެވެ. ”މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.“
ލާމިކު މުޅިއެކު ހަތްސަތޭކަ ހަތްދިހަ ހަތް އަހަރު ދުނިޔޭގައި އުޅުމަށް ފަހު މަރުވީއެވެ.
އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ.