Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 5:3 - ކިތާބުލް މުޤައްދަސާ

3 އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 5:3
15 ပူးပေါင်းရင်းမြစ်များ  

އާދަމްގެފާނު ޙައްވާގެފާނާއި އެކު ރޭކުރެއްވުމަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވައި އެހެން ފިރިހެން ދަރިކަލަކައިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޙައްވާގެފާނު ޝީޘްއޭ ވިދާޅުވެ ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠ޤާޔީން ހާބީލް މަރާލި. އެކަމަކު މިހާރު ހާބީލްގެ ބަދަލުގައި މާތްކަލާނގެ އަނެއްކާވެސް އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.


އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ.


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


އިންސާނުން މެދުވެރިވެގެން އުފަންވަނީ ޖިސްމާނީ ދިރިހުރުން. ނަމަވެސް މާތް ރަސްކަލާނގެ މާތްރޫޙުފުޅުން އުފަންވާނީ ރޫޙާނީ ދިރިހުރުން.


އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ