Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 5:24 - ކިތާބުލް މުޤައްދަސާ

24 އިދުރީސްގެފާނު މާތްކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. އަދި މާތްކަލާނގެ އިދުރީސްގެފާނު އަވަހާރަ ނުވަނީސް އެކަލާނގެއާއެކުގައި ވުމަށް ގެންދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 5:24
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’⁠ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އަދި އޭނާގެ އަޚުންގެ ކައިރިއަށް އެނބުރި ގޮސް މިފަދައިން ބުންޏެވެ. ”⁠އެކަލޭގެ ވަޅުގެ ތެރެއަކު ނެތް! އަހަރެން ދެން ހަދާނީ ކިހިނެއް؟⁠“


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްކަލާނގެ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ.


އިދުރީސްގެފާނު މުޅިއެކު ތިންސަތޭކަ ފަސްދޮޅަސް ފަސް އަހަރު ދުނިޔޭގައި ހުންނެވިއެވެ.


މަތޫޝާލިޙުގެ އުމުރުން ސަތޭކަ އަށްޑިހަ ހަތް އަހަރުގައި އޭނާއަށް ލާމިކު ލިބުނެވެ.


މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.


”⁠ފުން ހިތާމައާއި ރުއިމުގެ އަޑު ރާމައިން އިވިގެންދޭ. އެއީ ރާޙީލް އޭނާގެ ދަރިންނަށްޓަކައި ކަރުނަ އަޅާ ރޯ ރުއިން. އޭނާ މަސަލަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެއީ އޭނާގެ ދަރިން ނިޔާވެދިޔުމެގެ ސަބަބުން.⁠“


އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.⁠“


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


އާދަމްގެފާނުގެ ފަހުން އައި ހަތްވަނަ ދަރިކޮޅުން ވަޑައިގެންނެވި އިދުރީސްގެފާނު އެމީހުންނާމެދު ވިދާޅުވި ޣައިބުގެ ބަސްފުޅުތައް ދެކެބަލާށެވެ. ”⁠މާތްސާހިބާ ވަޑައިގަންނަވާނީ އަދަދު ނުކުރެވޭހާ ގިނަ ހާސް މަލާއިކަތުންނާއި އެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ