Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 5:2 - ކިތާބުލް މުޤައްދަސާ

2 އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 5:2
9 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.


މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“


މަތިވެރިރަސްކަލާނގެ، އެކަލާނގެ އުފެއްދެވި އިންސާނާ ޢަދަނަށް ގެންދަވައި އެބަގީޗާގައި ލެއްވިއެވެ. އަދި އެތަނުގައި ގަސްތައް ހައްދާ ބެލެހެއްޓުމާ ހަވާލު ކުރެއްވިއެވެ.


އިންސާނާ ބުންޏެވެ: ”⁠މިއީ އަހަރެންގެ ކައްޓާއި އަހަރެންގެ މަސް އެކުލެވިގެން އުފައްދަވާފައިވާ މީހެއް. މީނާގެ ނަމަކަށް އަހަރެން ކިޔާނީ ’⁠އަންހެނާ⁠‘. އެހެނީ އޭނާ ހެއްދެވިފައި އެވަނީ، ފިރިހެނާގެ ހަށިގަނޑުގެ ބަޔަކުން.⁠“


އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ.


އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”⁠މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި.


ނަމަވެސް މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި.


އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ