ފެށުން 5:1 - ކިތާބުލް މުޤައްދަސާ1 މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ. အခန်းကိုကြည့်ပါ။ |
މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ.
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.
އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންގެ ގައިގައި މުޅިން އާ ތަބީޢަތެއް ލެވި އާވަމުން ދާނެއެވެ. ތިޔައިމީހުން އުފެއްދެވި ޚާލިގުވަންތަ ކަލާނގެ ތިޔަބައިމީހުން އެކަލާނގެ ސޫރަފުޅާ އެއްގޮތްވާ ގޮތުގެ މަތިން އާ ކުރައްވަމުން ދާނެއެވެ. އެއީ ތިޔަބައިމީހުންނަށް އެކަލާނގެ އަކީ ކޮބައިކަން ފުރިހަމަޔަށް އަންގަވައި ދެއްވުމަށެވެ.
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.