Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:8 - ކިތާބުލް މުޤައްދަސާ

8 ”⁠ޔަހޫޛާ. ތިބާގެ އަޚުން ތިބާއަށް ތާރީފު ކުރާނެ. ތިބާގެ ދުޝްމަނުންގެ މައްޗަށް ތިބާ ފަތަޙަ ހޯދާނެ. އަދި ތިބާގެ އަޚުން ތިބާގެ ކުރިމަތީގައި ކުރުނީސް ކުރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:8
38 ပူးပေါင်းရင်းမြစ်များ  

އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އެއަށް ފަހު އިތުރު ދަރިއަކަށް ލައިއަތު ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހޭމެއެވެ. މި ދަރިފުޅުގެ ނަމަކަށް ޔަހޫޛާގެ ނަމުން އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ޙަމްދު ކުރަމު.⁠“ އޭގެ ފަހުން ލައިއަތުއަށް އިތުރު ދަރިއަކު ނުލިބެއެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


ޔަހޫޛާގެ ދަރިންނަކީ ޢީރު، އޫނާން، ޝީލަތު، ފާރަޞް، އަދި ޒާރަޙުއެވެ. (ނަމަވެސް ޢީރު އާއި އޫނާން ވަނީ ކަންޢާނުގައި ނިޔާވެފައެވެ.) ފާރަޞްގެ ދަރިންނަކީ ޙަޞްރޫން އާއި ޙާމޫލްއެވެ.


އިނބަރަސްކަލާނގެ މިއަޅާގެ ދުޝްމިނުން ފައްސަވާލެއްވިއެވެ. މިއަޅާ ދެކެ ނަފްރަތު ކުރާ މީހުން މިއަޅާ ނައްތާލަމެވެ.


ދެން ޔުއާބު ގެނައި ލިސްޓު ރަސްގެފާނަށް އަރުވައިފިއެވެ. އޭރު އިސްރާއީލުގައި ކަނޑި ހަނގުރާމަ ކުރޭވަރުގެ ތިބީ އަށް ލައްކަ މީހުންނެވެ. ޔަހޫޛާގައި ތިބީ ފަސްލައްކަ ހަނގުރާމަވެރިންނެވެ.


އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.


މިއަދު އެކަލޭގެފާނު އެ އިންތިޒާރު ކުރައްވަނީ އެކަލޭގެފާނުގެ އަދާވާތްތެރިންތައް ނިކަމެތިކުރައްވައި އެކަލޭގެފާނުގެ ފައިންޕުޅު ލައްވާ ކުޑަގޮނޑިއެއްގެ ފަދައިން މާތްރަސްކަލާނގެ އެމީހުން ލައްވަވާވާނެ ދުވަހަކަށެވެ.


އެކަލޭގެފާނަކީ ޔަހޫޛާގެ ދަރިކޮޅުން ވަޑައިގަތް ބޭކަލެއްކަމީ އެންމެންނަށް ވެސް ސާފުވެފައި އޮންނަކަމެކެވެ. އިމާމުންނާ ބެހޭ ވާހަކައިގެ ތެރެއަކު ޔަހޫޛާގެ ގަބީލާގެ ވާހަކައެއް މޫސާގެފާނު ވިދާޅެއް ނުވެއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


އެއަށް ފަހު ބޮޑުންގެ ބޭކަލަކު އަހަރެންނާއި ދިމާލަށް ބުންޏެވެ. ”⁠ނުރޮއި! ބަލާލަބަލަ! ދާއޫދުގެފާނުގެ މަތިވެރި ދަރިފަސްކޮޅުން އައިސްފައިވާ ޔަހޫޛާ ވަންހައިގެ ސިންގާ ނަސްރު ހޯދާފައިވާ ކަމުން އެހަތް ސިލު ކަނޑާލުމަށް ފަހު، އެކަލޭގެފާނަށް އެ ފޮތް ހުޅުވާލެއްވޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ