Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:6 - ކިތާބުލް މުޤައްދަސާ

6 ”⁠އެބައިމީހުން ސިއްރުން ދައްކާ ވާހަކަތަކުގައި އަހަރެން ބައިވެރިއެއް ނުވަމު. އަދި އެބައިމީހުންގެ ނުބައި ރޭވުންތަކުގައި ވެސް އަހަރެން ބައިވެރިއެއް ނުވަމު. އެބައިމީހުން ރުޅި އައުމުގެ ސަބަބުން މީހުން މަރައި އަދި މަޖަލަކަށް ގޮންގަނޑު ގެރިތަކުގެ މައިނާރު ބުރިކުރި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:6
29 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


ދާއޫދުގެފާނު އެލަޝްކަރުގެ އެއްހާސް ހަތް ސަތޭކަ އަސްވާރުންނާއި ވިހިހާސް ފައިމަތީ ސިފައިން އަތުލެއްވިއެވެ. އަދި ސަތޭކަ އަސްގާޑިޔަލަށް ވާވަރަށް އަސްތައް ބަހައްޓަވައި އެނޫން ހުރިހާ އަސްތަކެއްގެ ފަހަތުފައި ކޮރު ކުރެއްވިއެވެ.


އެމީހުން ބުނެފާނެއެވެ. ”⁠އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ!


ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.


އެއިރުން އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނެވޭނެ. އަހަރެންނަކީ ވަރަށް ބޮޑު ނަސީބުވެރިއެކޭ. އަހަންނަށް އެތައް އަހަރަކަށް ފުދޭވަރަށް ބޭނުންކުރުވޭނެ ތަކެތި ރައްކާ ކުރެވިފައި އެބަ ހުއްޓޭ. މިހާރު ދެން އަރާމު ކޮށް ކައި ބޮއި އުފާކުރާށޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ