Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:33 - ކިތާބުލް މުޤައްދަސާ

33 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އެނދުގައި އޮށޯވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދެފައިންޕުޅު އެނދަށް ނެންގެވުމަށް ފަހު، އެންމެފަހުގެ ނޭވާފުޅު ދޫކުރައްވައި އަވަހާރަވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:33
22 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“


އިސްމާޢީލްގެފާނު އަވަހާރަވި ހިނދު އެކަލޭގެފާނުގެ އުމުރުފުޅަކީ ސަތޭކަ ތިރީސް ހަތް އަހަރުފުޅެވެ.


އޭރު އެކަލޭގެފާނު ވަނީ އަބަހައްދަ އުމުރުފުޅުގައެވެ. މި ދިގު މުއްދަތުގައި އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެންމެހާ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ އެންމެހާ ކުދިން އަހަރެންގެ ކައިރިއަށް އައިސްބަލަ. އަދި މުސްތަޤުބަލުގައި ތިޔަ ކުދިންނާއި މެދުގައި ކަންތައްތައް ވާނެ ގޮތް އަހަރެން ބުނެދޭނަމު.⁠“


އެއަށް ފަހު އިސްރާއީލުގެފާނު އެބައިމީހުންނަށް މިފަދައިން އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެން މިހާރު މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. އަހަރެން ނިޔާވުމުން ޙިއްޘީއިންގެ ތެރޭންވާ ޢިފްރޫންގެ ދަނޑުގައިވާ ހޮހަޅައިގައި އަހަރެންގެ ކާބަފައިންގެ ކައިރީގައި އަހަރެން ވަޅުލައިދީ.


އެ ހޮހަޅަ އާއި އެ ބިމަކީ ޙިއްޘީންގެ އަތުން ގަނެފައިވާ ބިމެއް.⁠“


ޔަޢުޤޫބުގެފާނު އަވަހާރަވި ވަގުތު، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ހަށިކޮޅުގައި ބައްދާލައްވައި ކީރިތި ކުރެއްވައި އަދި ބޮސްދެއްވިއެވެ.


”⁠މާތްރަސްކަލާކޯ! އިނބަރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން މިއަޅާއަށް މިހާރު ސަލާމަތްކަމާއި ހިތްހަމަޖެހުމާއި އެކު މި ދުނިޔެ ދޫކޮށް ދެވިދާނެ.


ދެން ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވި. އެކަލޭގެފާނާއި އަދި އަހަރެމެންގެ ކާބަފައިން ވެސް އެ ރަށުގައި ވަޒަންވެރިވެ އުމުރު ދުވަހަށް އެ ރަށުގައި ދިރިއުޅެ މަރުވެ ދިޔަ.


ޔޫސުފުގެފާނުގެ އީމާންތެރިކަމުގެ ބޮޑުކަމުން މާތްރަސްކަލާނގެ މިޞްރުން އިސްރާއީލީން ނެރުއްވާނެ ވާހަކަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރީގައި ޔަޤީންކަމާއެކު ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށިކޮޅުތައް އެމީހުންނާއެކު ގެންދިއުމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ