Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:3 - ކިތާބުލް މުޤައްދަސާ

3 ”⁠ރައޫބައިން. ތިބާއީ އަހަރެންގެ ފުރަތަމަ ދަރިފުޅު. ތިބާގެ އުފަންވުން ދައްކައިދިނީ އަހަރެންގެ ފިރިހެންވަންތަ ކަމުގެ ބާރު. އަހަރެންގެ ދަރިންގެ ތެރެއިން ތިބާއަށް ވަނީ އެންމެ މަތިވެރި މަޤާމު. އަދި ތިބާއީ އެންމެ ބާރުގަދަ ކުއްޖާ ވެސްމެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:3
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.⁠“


މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.


ޔަޢުޤޫބުގެފާނުގެ ދަރިންގެ ތެރެއިން މިޞްރަށް ދިޔަ އެކަލޭގެފާނުގެ ދަރިންނަކީ މިއީއެވެ: ރައޫބައިން އަކީ ޔަޢުޤޫބުގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ.


އަދި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.⁠“


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ