Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:29 - ކިތާބުލް މުޤައްދަސާ

29 އެއަށް ފަހު އިސްރާއީލުގެފާނު އެބައިމީހުންނަށް މިފަދައިން އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެން މިހާރު މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. އަހަރެން ނިޔާވުމުން ޙިއްޘީއިންގެ ތެރޭންވާ ޢިފްރޫންގެ ދަނޑުގައިވާ ހޮހަޅައިގައި އަހަރެންގެ ކާބަފައިންގެ ކައިރީގައި އަހަރެން ވަޅުލައިދީ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:29
16 ပူးပေါင်းရင်းမြစ်များ  

މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ.


އެގޮތުގެ މަތިން، މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި ޢިފްރޫންގެ މިލްކިއްޔާތުގައި ހިމެނިގެންވީ ޙަބްރޫންގެ އިރުމަތީ ފަރާތުގައިވާ ގަސްތަކާއި ދަނޑުފަނގުތަކުގެ އިތުރުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވިއެވެ.


އެގޮތުން ޙިއްޘީންގެ އަތުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވުމަށް ފަހު ގަބުރުސްތާނެއްގެ ގޮތުގައި އެތަން ހެއްދެވިއެވެ.


އޭނާގެ ދަނޑުފަނގުގެ ނިމޭ ހިސާބުގައިވާ މަކްފީލަތު ހޮހަޅަ އަހަރެންނަށް ވިއްކާށޭ ބުނެދީ. އަހަރެން އޭނާއަށް އެތަނުގެ ފުރިހަމަ އަގު އަދާކުރާނަށް. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން އެތަން ގަތުމަށް ބޭނުން ވަނީ ގަބުރުސްތާނެއް ހެދުމަށް.⁠“


އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.


އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.⁠“ ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.⁠“


މަތީގައި ބަޔާންކުރެވިފައި އެވަނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާއެވެ. އަދި އެބައިމީހުންނާއި މުޚާތަބު ކުރައްވައި ޔަޢުޤޫބުގެފާނު ވިދާޅުވި ބަސްފުޅުން ކޮންމެ ކުއްޖަކަށް އެކަށޭނަ ގޮތުގެ މަތިން އެކަލޭގެފާނު ބަރަކާތް ލެއްވުމަށް އެދި ދެންނެވިއެވެ.


ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އެނދުގައި އޮށޯވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދެފައިންޕުޅު އެނދަށް ނެންގެވުމަށް ފަހު، އެންމެފަހުގެ ނޭވާފުޅު ދޫކުރައްވައި އަވަހާރަވިއެވެ.


ޔަޢުޤޫބުގެފާނުގެ ދަރިން އެކަލޭގެފާނު އަމުރުކުރައްވަފައިވާ ގޮތަށް ކަންތައް ކުރެއްވިއެވެ.


އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ.


ކަލޭގެފާނުގެ ދީލަތި ކަމާއެކު އަޅުގަނޑު ގެއަށް ފޮނުއްވާ ދެއްވާ. އޭރުން އަޅުގަނޑުގެ ރަށުގައި އަޅުގަނޑު މަރުވެ ހިނގައިދާނެ. އަދި މައިންބަފައިންގެ ގަބުރުސްތާނުގައި ވަޅުލެވިދާނެ. މިތަނުގައި މިހިރީ ކަލޭގެފާނުގެ ޚާދިމު އަޅުގަނޑުގެ ދަރިފުޅު ކިމްހާމު. އޭނާ ކަލޭގެފާނާއެކު ގެންދަވާ. ކަލޭގެފާނު އޭނާއާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާ.⁠“


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ