Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:27 - ކިތާބުލް މުޤައްދަސާ

27 ”⁠ބަންޔާމީން ވަނީ ބަނޑުހައި ވެފައިވާ ވަލު ކުއްތާއެއް ފަދައިން. ހެނދުނުގެ ވަގުތުގައި އޭނާ ނާސްތާ ކުރާނީ އޭނާގެ ޝިކާރައިން. އަދި އޭނާ އަތުލައިގަތް ތަކެތިން ހަވީރުގެ ވަގުތުގައި އޭނާ ބައިކުރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:27
25 ပူးပေါင်းရင်းမြစ်များ  

ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ.


ބަންޔާމީންގެ ދަރިންނަކީ ބާލަޢު، ބާކަރު، އަޝްބީލް، ޖީރާ، ނަޢުމާނު، އީޙީ، ރޫޝް، މުއްފީމު، ޙުއްފީމް، އަދި އަރުދު އެވެ.


”⁠ތިބާއަށް އަހަރެން މިއެދޭ ބަރަކާތަކީ ދުވަސްވީ ފަރުބަދަތަކަށް ވުރެން މަތިވެރި ބަރަކާތެއް. އަހަރެންގެ ބައްޕަގެ ކިބައިން އަހަންނަށް ލިބުނު ބަރަކާތަށް ވުރެން ވެސް މަތިވެރި ބަރަކާތެއް. އެ ބަރަކާތުގެ ނިޢުމަތްތައް ފަރުބަދަތަކަށް ވުރެން ގަދަފަދަ ވެގެންވާނެ. މިހުރިހާ ނިޢުމަތެއް ޔޫސުފަށް ލިބިގެންވާށި. އެހެނީ އޭނާ ވަނީ އޭނާގެ ބޭބެމެންގެ އަމީރަކަށް ހައްދަވާފައި.⁠“


މަތީގައި ބަޔާންކުރެވިފައި އެވަނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާއެވެ. އަދި އެބައިމީހުންނާއި މުޚާތަބު ކުރައްވައި ޔަޢުޤޫބުގެފާނު ވިދާޅުވި ބަސްފުޅުން ކޮންމެ ކުއްޖަކަށް އެކަށޭނަ ގޮތުގެ މަތިން އެކަލޭގެފާނު ބަރަކާތް ލެއްވުމަށް އެދި ދެންނެވިއެވެ.


”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


”⁠ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް.


މާތްރަސްކަލާނގެ އެންގެވި ތެދުމަގު އޮޅުވާލުމަށް ތަފާތު އެއްޗެތި ކިޔަވާދޭނެ މީހުން އަހަރެން ހަމަ ދާއިރަށް މިނިކާވަގުތަކެއް ފަދައިން ކަލޭމެންގެ ތެރެއަށް އަންނާނެ ކަން އަހަރެންނަށް ރަނގަޅަށް އެނގޭ. އަދި މުޅި ޖަމާޢަތް ވެސް އެމީހުންގެ ވަކިތަކުގައި ނުޖެހި ސަލާމަތެއް ނުވާނެ.


ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.


ޖެރޫސަލަމުގައި ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ނައްތާލުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ އެކަމުގެ ބޭނުމުގައި އުއްތަމަ އިމާމުގެ އަރިހަށް ވެސް ދިޔައެވެ.


އަހަރެންގެ އުމުރުން އަށްޑުވަހުގައި ޚިތާނުގެ ލެއްވިއެވެ. އަދި އަހަރެންނަކީ އިސްރާއީލު ބާގައިގެ ބިންޔާމީން ދަރިކޮޅުގެ މީހަކީމެވެ. އަހަރެންނަކީ ހަތަރުމަތިފުށް ބަނީއިސްރާއީލުންގެ ތެރެއިންވި ޢިބްރާނީ މީހެއްމެއެވެ. ދީންވެރިކަމާއެކު، މޫސާގެފާނުގެ ތައުރާތުގައި ވާގޮތަށް އަމަލުތައް ބެހެއްޓި ފަރީސީއެއް ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ