Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:26 - ކިތާބުލް މުޤައްދަސާ

26 ”⁠ތިބާއަށް އަހަރެން މިއެދޭ ބަރަކާތަކީ ދުވަސްވީ ފަރުބަދަތަކަށް ވުރެން މަތިވެރި ބަރަކާތެއް. އަހަރެންގެ ބައްޕަގެ ކިބައިން އަހަންނަށް ލިބުނު ބަރަކާތަށް ވުރެން ވެސް މަތިވެރި ބަރަކާތެއް. އެ ބަރަކާތުގެ ނިޢުމަތްތައް ފަރުބަދަތަކަށް ވުރެން ގަދަފަދަ ވެގެންވާނެ. މިހުރިހާ ނިޢުމަތެއް ޔޫސުފަށް ލިބިގެންވާށި. އެހެނީ އޭނާ ވަނީ އޭނާގެ ބޭބެމެންގެ އަމީރަކަށް ހައްދަވާފައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:26
18 ပူးပေါင်းရင်းမြစ်များ  

ދެން އެ ގާފިލާ އެބައިމީހުންނާއި ކައިރިއަށް އައި ހިނދު ޔޫސުފުގެފާނުގެ އަޚުން އެކަލޭގެފާނު ވަޅުން ނަންގަވައި މިދްޔާން ވަންހައިގެ ވިޔަފާރިވެރިއަކަށް ވިހި ރިހިފައިސާ ފޮއްޗަށް އެކަލޭގެފާނު ވިއްކާލިއެވެ. ދެން މި ވިޔަފާރިވެރިޔާ އާއިއެކު ގާފިލާގައި އެކަލޭގެފާނު މިޞްރަށް ގެންދިޔައެވެ.


އެކަލޭގެފާނުގެ އެންމެހާ އަޚުން މިފަދައިން އެކަލޭގެފާނަށް ރައްދު ދެއްވިއެވެ. ”⁠ކަލޭ ހީކުރަމުން ތިޔަގެންދަނީ ކަލޭތީ އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްގެފާނު ކަމަށްތަ!⁠“ އެހެންވީމާ، އެކަލޭގެފާނުގެ އަޚުން އިހުނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނުދެކެ ނަފްރަތު ކުރިއެވެ. އެއީ ހަމައެކަނި އެ ހުވަފެންފުޅު އެކަލޭގެފާނު ވިދާޅުވެ ދެއްވުމަކުން ނުމެ ނޫންމެއެވެ. އެފަދަ ގޮތަކަށް އެކަލޭގެފާނަށް ވިދާޅުވެވުމާއި އެކުގައި ވެސް މެއެވެ.


”⁠ބަންޔާމީން ވަނީ ބަނޑުހައި ވެފައިވާ ވަލު ކުއްތާއެއް ފަދައިން. ހެނދުނުގެ ވަގުތުގައި އޭނާ ނާސްތާ ކުރާނީ އޭނާގެ ޝިކާރައިން. އަދި އޭނާ އަތުލައިގަތް ތަކެތިން ހަވީރުގެ ވަގުތުގައި އޭނާ ބައިކުރާނެ.⁠“


ބިޔަ ފަރުބަދަތަކުގެ މުލާ ހަމަޔަށް ގެނބިގެންދިޔަ ހިނދު، މަރު އައިސް މިއަޅާ ގެންގޮސް ގައިދުކޮށްލި ހިނދު، އިނބަރަސްކަލާގެ އެ އަނދިރިވަޅުގަނޑުން މިއަޅާ ނެރުއްވީމު.


ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި.


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ