Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:24 - ކިތާބުލް މުޤައްދަސާ

24 ”⁠ނަމަވެސް އޭނާގެ އަތުގެ ބާރުގަދަ. އޭނާގެ ދުނިދަނޑިވެސް އަމާޒު. އޭނާއަށް ބާރު ލިބިފައި ވަނީ ޔަޢުޤޫބުގެފާނުގެ ކަލާނގެ، މަތިވެރި މާތް ރަސްކަލާނގެ ކިބަފުޅުން. އެކަލާނގެއީ ބަނީއިސްރާއީލުންގެ މަތިވެރި ހިލަ. އެކަލާނގެއީ އެބައިމީހުންގެ ހުރި ހުއިހައްޕާ ފަރާތް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:24
53 ပူးပေါင်းရင်းမြစ်များ  

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ހައިހޫނު ކަމުގައި އަހަރެން ތިޔަބައިމީހުންނާއި ބަފައިކަލުން ބަލަހައްޓާނެ ކަމުގައި ވެސް ބުނެދީ. އޭރުން، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އިތުރުން ތިޔަބައިމީހުންގެ ކައިރީގައިވާހާ ތަކެއްޗެއް ހައިހޫނުކަމުން ސަލާމަތްވާނެ.⁠‘


އެކަމާއި ހެދި މިހާރު ތިޔަބައިމީހުން ކަންބޮޑުވެ ހާސްވާނެ ކަމެއް ނެތް. ސަބަބަކީ ތިޔަބައިމީހުން އަހަރެން ވިއްކާލީ މިތަނަށް ކަމުގައި ވާތީ. މިކަން މި ގޮތަށް ހިންމަވައި ދެއްވީ މާތްކަލާނގެ. އެއީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކޮށްދެއްވުމަށްޓަކައި ވެސްމެ.


ވީމާ، މާތްކަލާނގެ އަހަރެން މި ރަށަށް ފޮނުއްވީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ދަރިފަސްކޮޅު ހައިރާން ކުރުވަނިވި ގޮތެއްގައި މަރުން ސަލާމަތް ކުރެއްވުމަށްޓަކައި.


ހަމައެހެންމެ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނާއި އަދި އެކަލޭގެފާނުގެ އަޚުންނަށާއި އަދި އެބައިމީހުންނާއި އެކުގައި ވީ ހުރިހާ އެންމެންނަށް ބޭނުންވާނޭ ކާބޯތަކެތި ވެސް ދެއްވިއެވެ.


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.


”⁠ދުނިދަނޑި ޖަހާ މީހުން އޭނާއަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ތީރު އުކި.⁠“


އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.⁠“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.


ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’⁠ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟⁠‘⁠“


ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.


ދެން އީސާގެފާނު ސީދާ އެމީހުންނާ ދިމާލަށް ބައްލަވާ ވިދާޅުވިއެވެ. ”⁠ދެން ވީއިރު މިހެން ލިޔެވިގެން ވުމުގެ މާނައަކީ ކޮބައި ހޭ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ބައި ކަމުގައި ވެއްޖޭ.⁠‘


އެއީ މާތްރަސްކަލާނގެ ބަސްފުޅުގައި މި ފަދައިން މުޚާޠަބުކޮށް ލިޔެވިގެންވާ ބޭކަލަކީ އެކަލޭގެފާނޭ ލިޔެވިގެން ވާތީ: ’⁠ރާނާ މީހުން ބޭނުމެއް ނެތް ގަލެއް ކަމަށް ދެކެ އެއްލާލި ގާ އެއީ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖެއޭ.⁠‘


އަހަރެމެން ހުރިހާ އެންމެންނަކީ ބިނާކުރެވިފައިވާ ޢިމާރާތުގެ ބައެކެވެ. މަންދޫބުންނާއި ނަބީންނަކީ އެ ޢިމާރާތުގެ ބިންގައު ފަދައިންވާ ބައެއްމެއެވެ. އަދި އެ ޢިމާރާތުގެ އެންމެ މުހިންމު ބުންޔާދަކީ އަލްމަސީޙު އީސާގެފާނުގެ އަމިއްލަ ނަފްސުފުޅެވެ.


ތިޔަބައިމީހުންނަށް ހަކަތަ އާއި އުޖާލާ ބާރު ލިބިދެއްވުމަށް އެދި އަހަރެމެން ދުޢާ ދަންނަވަމެވެ. އެއީ ތިޔަބައިމީހުންނަށް ކުރިމަތިވާ އެންމެހައި މުސީބާތްތަކަށް ކެތްތެރިވެ، އުފަލުގައި ވުމަށް ހިތްވަރު ލިބިދޭނެ ފަދައިންނެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ