ފެށުން 49:22 - ކިތާބުލް މުޤައްދަސާ22 ”ޔޫސުފު ވާނީ ފެންއާރެއްގެ ކައިރީގައި ވާ މޭބިސްކަދުރުވެލެއް ހެން. އޭގައި ގިނައިން މޭވާ އަޅާނެ. އެ ވެލުގެ އޮފިތައް މުޅި ފާރަށް ފެތުރިގެންވޭ.“ အခန်းကိုကြည့်ပါ။ |
މީގެ ދުވަސްތަކެއްގެ ފަހުން ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނެވި ޚަބަރު ލިބިވަޑައިގަތެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ މަނައްސާ އާއި އަފްރާއީމް ގޮވައިގެން ޔަޢުޤޫބުގެފާނުގެ އަރިހަށް ވަޑައިގެންނެވި ޙަބަރުފުޅު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތުމުން ހަށިކޮޅަށް ލެވުނުހާ ބާރެއްލައްވައި ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެން އެދުމަތީގައި އިށީނދެ ވަޑައިގަތެވެ.
އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.
އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“