20 ”އަޝީރު ރަނގަޅު ކާނާ އުފައްދާނެ. އެތަކެތި ރަސްރަސްކަލުންގެ ކެއުމަށް ފުރިހަމަ ވެގެންވާ ތަކެތި ކަމުގައިވާނެ.“
އަދި މިދަރިފުޅަށް އަޝީރު ގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މިހާރު އަހަރެންނަކީ ކިހާ އުފާވެރި މީހެއް! އަހަރެންނަކީ އުފާވެރި އަންހެނެއް ކަމުގައި އެންމެހާ އަންހެނުން ބުނާނެކަން ޔަޤީން!“
އަޝީރުގެ ދަރިންނަކީ ޔިމްނަތު، ޔިޝްވަތު، ޔިޝްވީ، ބަރީޢަތު އަދި އެބައިމީހުންގެ އުޚުތު ސާރަޙު އެވެ. ބަރީޢަތުގެ ދަރިންނަކީ ޙާބަރު އާއި މަލްކީއީލް އެވެ.