16 ”ދާނު ބަނީއިސްރާއީލުންގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރާނެ. އޭނާގެ ގަބީލާ ވާނީ އެމީހުންގެ ގަބީލާއެއް ފަދައިން.“
އެ ދަރިފުޅުގެ ނަމަކަށް ދާނުއޭ ކިޔައި ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”އަހަރެންގެ މަޢުސޫމު ކަމުގެ މައްޗަށް މާތްކަލާނގެ އިންސާފުވަންތަވެ ވޮޑިގަންނަވައިފި! އަހަރެންގެ ދުޢާ އެކަލާނގެ އައްސަވާ ވޮޑިގަންނަވައި އަހަރެންނަށް ދަރިއަކު ދެއްވައިފި.“
”އެކަމަކު އެއެއްޗަށް ހިތްހަމަޖެހޭ ކަހަލަ ބިމެއް ފެނުމާއެކު އޭގެ ވަރުބަލިކަން ހަނދާން ނައްތާލައި، އޭގެ ބުރަކަށި މަތީގައި ހުރިހާ ބަރުދަނެއް އުފުލާނެ. އަދި އޭނާ އެހެން މީހުންގެ އަޅެއްގެ ގޮތުގައި ހުންނާނެ.“
”މަގުގެ އެއްފަރާތުގައި އޮންނަ ހަރުފައެއް ފަދައިން އޭނާ ވާނެ. އެއީ މަގުމަތީ އޮންނަ ނުރައްކާތެރި ހަރުފައެއް ވެސްމެ. އެ ހަރުފަ އަހުގެ ފައިގައި ދަތްއަޅާނެ. އަދި އެއަސްވާރު އިދިފުށަށް ވެއްޓޭނެ.“