Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 49:10 - ކިތާބުލް މުޤައްދަސާ

10 ”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 49:10
58 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ނަންފުޅުގައި ގެއެއް އަޅާނީ އޭނާއޭ، އަދި ތިމަންކަލާނގެ އޭނާ ރަސްކަމުގެ ތަޚުތު އަބަދުވެސް ގާއިމު ކުރައްވާނަމޭ.


ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.⁠‘⁠“


އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!⁠“


އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގެނެވޭނެ. އެ ހިނދު އެކަލޭގެފާނު އެ މީސްތަކުން ދެބައިކުރައްވާނެ. އެއީ ބަކަރި ހުއިހައްޕާ މީހަކު ކަންބަޅި އާއި ބަކަރި ވަކިކުރާ ފަދައިން.


އަދި އަހަރެން މައްޗަށް އުފުއްލެވުމުން އެންމެންނަށް ވެސް އަހަރެންގެ ގާތަށް އާދެވޭނެ ގޮތް އަހަރެން ހަދާނަން.⁠“


ޕިލާތުސް ބުންޏެވެ. ”⁠އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.⁠“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.⁠“


ދެން ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠ތިޔަބޭފުޅާ މިމީހާ މިނިވަންކޮށްފިނަމަ ތިއީ ކައިސަރު ރަސްގެފާނަށް ހެޔޮއެދޭ މީހެއް ކަމަކަށް ނުވާނެ. އެހެނީ ރަސްކަލެއް ކަމުގައި ދައުވާ ކުރާ ކޮންމެ މީހަކީ ކައިސަރުގެ ދުޝްމިނެއް.⁠“


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠ސިލުވާމު (މިބަހުގެ މާނައަކީ ފޮނުވި) އޭކިޔުނު ވެވަށް ގޮސް އެވެވުން ލޯ ދޮވެލާ.⁠“ އެމީހާ އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އޭނާގެ ލޮލަށް ވަނީ އަލިވެފައެވެ.


އެކަލޭގެފާނަކީ ޔަހޫޛާގެ ދަރިކޮޅުން ވަޑައިގަތް ބޭކަލެއްކަމީ އެންމެންނަށް ވެސް ސާފުވެފައި އޮންނަކަމެކެވެ. އިމާމުންނާ ބެހޭ ވާހަކައިގެ ތެރެއަކު ޔަހޫޛާގެ ގަބީލާގެ ވާހަކައެއް މޫސާގެފާނު ވިދާޅެއް ނުވެއެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ