ފެށުން 49:1 - ކިތާބުލް މުޤައްދަސާ1 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެންމެހާ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ އެންމެހާ ކުދިން އަހަރެންގެ ކައިރިއަށް އައިސްބަލަ. އަދި މުސްތަޤުބަލުގައި ތިޔަ ކުދިންނާއި މެދުގައި ކަންތައްތައް ވާނެ ގޮތް އަހަރެން ބުނެދޭނަމު.“ အခန်းကိုကြည့်ပါ။ |
އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.
އެއަށް ފަހު، އުޑުން ދޮރެއް ހުޅުވުނު ތަން އަހަރެން ދުށީމެވެ. އަދި ތާޅަފިލީގެ އަޑުފަދައިން އަޑެއް ވެސް އިވުނެވެ. އެއީ މީގެ ކުރިން އަހަރެންނާއި ވާހަކަ ދެއްކި އަޑެއްފަދަ އަޑެކެވެ. އެ އަޑު އަހަރެންނަށް ބުންޏެވެ. ”މިތާ މައްޗަށް އާދޭ. އަދި މިއަށް ފަހު ހިނގައިދާނޭ ކަންތައްތަކުގެ ޙާދިސާތައް އަހަރެން ތިބާއަށް ދައްކައިދޭނަން.“