Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:7 - ކިތާބުލް މުޤައްދަސާ

7 އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.⁠“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:7
13 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ.


އަދި ރާޙީލްއަށް އިޙްތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދު ވެސް އެތަނުގައި އެބަހުރިމެއެވެ.


އެބައިމީހުން މި ހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ.


ނަމަވެސް މީގެ ފަހުގައި ތިބާއަށް ލިބޭ ދަރިންނަކީ ތިބާގެ އަމިއްލަ ދަރިން. އަދި އެބައިމީހުންނަށް ލިބިދޭ ތަރިކަ ލިބިދޭނީ މަނައްސާ އާއި އަފްރާއީމްއަށް ލިބިފައިވާ ބިންތައް މެދުވެރިކޮށް.


”⁠ފުން ހިތާމައާއި ރުއިމުގެ އަޑު ރާމައިން އިވިގެންދޭ. އެއީ ރާޙީލް އޭނާގެ ދަރިންނަށްޓަކައި ކަރުނަ އަޅާ ރޯ ރުއިން. އޭނާ މަސަލަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އެއީ އޭނާގެ ދަރިން ނިޔާވެދިޔުމެގެ ސަބަބުން.⁠“


އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ.


އަފްރާއިމުގެ ފަރުބަދަމަތީ ރަށެއް ކަމަށްވާ ރާމާތާއިމުއިންގައި އަލްޤާނާއޭ ކިއުނު މީހަކު އުޅުނެވެ. މީނާއަކީ އަފްރާއީމީ ދަރިކޮޅުގެ ޞޫފު އާއިލާގެ މީހެކެވެ. މީނާގެ ބައްޕައަކީ ޔަރޫހާމް އެވެ. ޔަރޫހާމްއަކީ އަލީހޫގެ ދަރިއެކެވެ. އަލީހޫއަކީ ތޫޙޫގެ ދަރިއެކެވެ. ތޫޙޫއަކީ ޞޫފުގެ ދަރިއެކެވެ.


މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’⁠ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.⁠‘


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ