Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:20 - ކިތާބުލް މުޤައްދަސާ

20 އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު އެފަދައިން ދެންނެވިއެވެ: ”⁠ބަނީއިސްރާއީލު މީހުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދަންނަވާ ހިނދު އެބައިމީހުން މިފަދައިން ބުނެއޭ: ’⁠އަފްރާއީމްއާއި މަނައްސާ ފަދައިން މާތްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބަރަކާތް ލައްވާނދޭވެ!⁠‘⁠“ މިގޮތުން ޔަޢުޤޫބުގެފާނު މަނައްސާއަށް ވުރެން އަފްރާއިމް މަތިވެރި ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:20
13 ပူးပေါင်းရင်းမြစ်များ  

ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”⁠އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.⁠“


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.


ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ދެ ދަރިކަލުންނަށް ބަރަކާތްލައްވައި ދެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމުންނެވެ. އެކަލޭގެފާނު އަވަހާރަވާން ކައިރިވީހިނދު އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ