Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:19 - ކިތާބުލް މުޤައްދަސާ

19 އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:19
17 ပူးပေါင်းရင်းမြစ်များ  

”⁠ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާއަކީ މިއީ: ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ލައްވާނެ ކަމުގެ ވަޢުދު ކުރައްވަމު. އެ ސަބަބަށްޓަކައި އަބްރާމްގެ ބަދަލުގައި ތިބާގެ ނަމަކަށް މީގެފަހުން ވާނީ އިބްރާހީމް. އެއީ ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ވާނެތީ.


މާތްރަސްކަލާނގެ އެކަމަނާއަށް ވަޙީކުރެއްވިއެވެ. ”⁠ކަމަނާގެ ދެ ދަރިކަލުން ވާހުށީ ވަކި ދެ ޤައުމެއް ކަމުގައޭ. ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުން ދޮށީ ދަރިކަލުންގެ މައްޗަށް ބާރު ފޯރުވާނޭ. އަދި ދޮށީ ދަރިކަލުން ވާހުށީ ހަގު ދަރިކަލުންގެ ޚާދިމަކަށޭ.⁠“


ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ.


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.


އަދި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ