ފެށުން 48:18 - ކިތާބުލް މުޤައްދަސާ18 އަދި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.“ အခန်းကိုကြည့်ပါ။ |
ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ކަނާއަތްޕުޅު އަފްރާއިމްގެ ބޯމަތީގައި ބާއްވަވާފައިވީ ތަން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނު އެކަމާއި ހިތްޕުޅު ހަމަޖެހިގެންނެއް ނުވިއެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅުގައި ހިއްޕަވައި އަފްރާއީމްގެ ބޮލުގައި ބާއްވާފައިވާ އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅު ނަންގަވައި މަނައްސާގެ ބޯމަތީގައި ބާއްވަން އުޅުއްވިއެވެ.
އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.“