ފެށުން 48:17 - ކިތާބުލް މުޤައްދަސާ17 ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ކަނާއަތްޕުޅު އަފްރާއިމްގެ ބޯމަތީގައި ބާއްވަވާފައިވީ ތަން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނު އެކަމާއި ހިތްޕުޅު ހަމަޖެހިގެންނެއް ނުވިއެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅުގައި ހިއްޕަވައި އަފްރާއީމްގެ ބޮލުގައި ބާއްވާފައިވާ އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅު ނަންގަވައި މަނައްސާގެ ބޯމަތީގައި ބާއްވަން އުޅުއްވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“