ފެށުން 48:15 - ކިތާބުލް މުޤައްދަސާ15 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި. အခန်းကိုကြည့်ပါ။ |
ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.
އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނަށް ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިއަށްޖެހި ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނަށް ޢީސޫގެ ހެދުމުގެ ވަސްދުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލެއްވުމަށް އެދި މިފަދައިން ދެންނެވިއެވެ. ”އާހ، ދަރިފުޅުގެ ހެދުމުގެ ވަސް އަހަރެންނަށް ދުވި ހިނދު، މާތްރަސްކަލާނގެ ބަރަކާތް ލައްވާފައިވާ ތާޒާ މައިދާނެއް ފަދަ.
ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.
މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.“
އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“
މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.
އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.