Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:12 - ކިތާބުލް މުޤައްދަސާ

12 އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:12
15 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.


އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން ޙިއްޘީންގެ ޤައުމުގެ މީހުންނަށް ކުރުނީސްކޮށް ސަލާމް ކުރައްވައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންގެ އަނބިމީހާ މިރަށުގައި ފަސްދާނު ލެއްވުމަށް އެދޭނަމަ އަހަރެންނަށްޓަކައި ޞޫޙަރުގެ ދަރި ޢިފްރޫން އާއި ވާހަކަ ދައްކައިދީ.


އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“


އަދި ޔޫސުފުގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަފްރާއީމް ބަހައްޓަވައި އަދި މަނައްސާ އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ބެހެއްޓެވިއެވެ. އެއީ، އަފްރާއިމް އިސްރާއީލުގެފާނުގެ ވައަތްޕުޅު ފަރާތާއި ކައިރިވާ ގޮތަށާއި އަދި މަނައްސާ އިސްރާއީލުގެފާނުގެ ކަނާއަތްޕުޅު ފަރާތަށް ކައިރި ވާގޮތަށް ވެސްމެއެވެ.


ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.


މޫސާގެފާނު ވަގުތުން ތިރިވެ ސަޖިދައަށް ވަޑައިގެން އަޅުކަން ކުރައްވައިފިއެވެ.


އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ.


ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ