Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:11 - ކިތާބުލް މުޤައްދަސާ

11 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:11
9 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނަށް އެ ރިދާކޮޅު ފެނިވަޑައިގެންނެވި ހިނދު ޙައިރާންވެ ވަޑައިގެން ހުންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ އަހަރެންގެ ދަރިކަލުންގެ ރިދާ! ކޮންމެވެސް ވަލުޖަނަވާރަކު އަހަރެންގެ ދަރިފުޅު ޔޫސުފަށް ޙަމަލާދީ މަރައި ކުދިކުދި ކޮށްގެން ކައިފި.⁠“


އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


އެ ހިނދު ޔަޢުޤޫބުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަހަރެންގެ ޔޫސުފާއި ޝިމްޢޫން އަހަރެންނާއި ވަކިކުރުވައިފި! މިހާރު ތިޔަ އުޅެނީ ބަންޔާމީން އާއި އަހަރެންނާއި ވަކިކުރުވަން! އެންމެހާ ކަންތައްތައް ތިޔަ ކުދިން ކުރަމުން ތިޔަ ގެންދަނީ އަހަރެންނާއި ދެކޮޅަށް.⁠“


އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.⁠“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ.


މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ.


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ކާފަމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.


މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ