Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 48:10 - ކިތާބުލް މުޤައްދަސާ

10 މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 48:10
13 ပူးပေါင်းရင်းမြစ်များ  

އިސްޙާޤުގެފާނު މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ވަނީ ބަލިކަށިވެފައެވެ. އެހެންވެ އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށެއް ފެނިވަޑައެއް ނުގަންނަވައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން ޢީސޫއަށް ”⁠މަގޭ ދަރިފުޅާ⁠“ އޭ ވިދާޅުވެ ގޮވާލެއްވިއެވެ. އެ ހިނދު ޢީސޫ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އާދެ، ބައްޕާފުޅާ، އަޅުގަނޑު ބައްޕާފުޅަށް ކޮށްދޭންވީ ކޮންކަމެއްތޯ؟⁠“


އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނަށް ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިއަށްޖެހި ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނަށް ޢީސޫގެ ހެދުމުގެ ވަސްދުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލެއްވުމަށް އެދި މިފަދައިން ދެންނެވިއެވެ. ”⁠އާހ، ދަރިފުޅުގެ ހެދުމުގެ ވަސް އަހަރެންނަށް ދުވި ހިނދު، މާތްރަސްކަލާނގެ ބަރަކާތް ލައްވާފައިވާ ތާޒާ މައިދާނެއް ފަދަ.


ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ލަބާން އޭނާގެ ދެ އަންހެން ދަރިންނާއި އަދި ކާފަ ދަރިންނަށް ބޮސްދީ ވަދާޢުގެ ސަލާމްކުރުމަށް ފަހު އޭނާގެ ސަހަރަށް ދިއުމަށް ފުރައިފިއެވެ.


އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.


އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.⁠“


އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) ޔޫސުފުގެފާނުގެ ދެ ފިރިހެން ދަރިކަލުން ފެނިވަޑައިގެން މިފަދައިން އެއްސެވިއެވެ. ”⁠މިއީ ކޮން ކުދިންނެއް؟⁠“


ޢާލީ ވަނީ ލޯ އަނދިރިވެ ފެނުން ގެއްލެން ކައިރިވެފައެވެ. އެއްރެއަކު އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެ އޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ