Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:8 - ކިތާބުލް މުޤައްދަސާ

8 އެއަށް ފަހު ފިރުޢައުނު ޔަޢުޤޫބުގެފާނުގެ އަރިހުން މިފަދައިން ސުވާލު ކުރެއްވިއެވެ. ”⁠ތިބާގެ އުމުރުން ކިހާ ދުވަހެއް ވެއްޖެތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:8
5 ပူးပေါင်းရင်းမြစ်များ  

އޭރު އެކަލޭގެފާނު ވަނީ އަބަހައްދަ އުމުރުފުޅުގައެވެ. މި ދިގު މުއްދަތުގައި އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިތްޕުޅު ހަމަޖެހި ވަޑައިގެންނެވެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވިފަހުން ސަތާރަ އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު، އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 147 އަހަރުގައެވެ.


އޭގެފަހުގައި ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން، ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ތަޢާރަފް ކޮށްދެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު މިޞްރުގެ ރަސްގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.


ޔަޢުޤޫބުގެފާނު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ އުމުރުން މިހާރު ސަތޭކަ ތިރީސް އަހަރު. އަހަރެންގެ މުޅި އުމުރު ހޭދަވެ ގޮސްފައި މިވަނީ އެއްތަނުން އަނެއްތަނަށް ދިއުމުގައި. އަހަރެންގެ ކާބަފައިން ފަދައިން އަހަރެންގެ އުމުރު ދިގެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުން ވަނީ އެތައް ވޭނަކާއި ހިތާމައަކުން ފުރިފައި.⁠“


އެކަމަކު ބަރުޒިއްލާއި ރަސްގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވަނީތޯ އަޅުގަނޑު މިއީ ކިހާ މުސްކުޅިމީހެއް ކަން؟ ކަލޭގެފާނަށް ހީފުޅު ވަނީތޯ އަޅުގަނޑަށް ކަލޭގެފާނާއެކު ޖެރޫސަލަމަށް ދެވިދާނެޔޭ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ