Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:6 - ކިތާބުލް މުޤައްދަސާ

6 އެބައިމީހުން މިޞްރުގައި ދިރިއުޅޭނޭ ތަނެއް ޚިޔާރު ކުރައްވައި އެބައިމީހުންނަށް ދެއްވުމަކީ ތިބާ ކުރަން ޖެހެނޭ ކަމެއް. އަދި މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ޖާސާންގައި ދިރިއުޅުމަށް އެމީހުންނަށް ބިން ދީ. އަދި އޭގެތެރެއިން ހުއިހެއްޕުމުގެ މަސައްކަތަށް އެންމެ އެކަށޭނަ ފަރާތްތަކަށް އަހަރެންގެ ކަންބަޅިތަކާއި ނަޢަމްސޫފިތައް ބެލެހުއްޓުން ވެސް ޙަވާލުކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:6
24 ပူးပေါင်းရင်းမြစ်များ  

ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.


ތިބާ ޚިޔާރު ކުރާ ތަނަކުން ބިން ޚިޔާރު ކުރުމަށް ބިން އެބައޮތް. ދެމީހުން ވަކިން ދިރިއުޅެމާ ހިނގާ. ތިބާ އުތުރުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން ދެކުނުގެ ސަރަހައްދަށް ހިނގައިދާނަން. ތިބާ ދެކުނުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން އުތުރުގެ ސަރަހައްދަށް ހިނގައިދާނަން.⁠“


އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.⁠“


އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.


އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


ރަސްގެފާނު އިރުޝާދު ދެއްވި ފަދައިން ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނާއި އެންމެހާ އަޚުންނަށް މިޞްރުގެ އެންމެ ރަނގަޅު ހިސާބު ކަމުގައިވާ ރަޢަމްސީސްގެ ސަރަހައްދާއި ކައިރިން ބިން ދެއްވިއެވެ.


ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ފައިސާ ނެތްކަމުގައިވާނަމަ، ތިޔަބައިމީހުންގެ ޖަނަވާރުތައް އަހަރެންނަށް ދީ. އަދި އޭގެ ބަދަލުގައި ތިޔަބައިމީހުންނަށް އަހަރެން ކާނާ ދޭނަމު.⁠“


އަޅުގަނޑުމެން މިރަށަށް މިއައީ އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ކާންދޭނޭ ވިނަ ކަންޢާނުން ލިބެން ނެތުމުން މި ރަށުގައި ދިރިއުޅުމަށްޓަކައި. އެ ރަށަށް ކުރިމަތިވެފައިވީ ތަދުމަޑުކަން ވަނީ އިންތިހާއަށް ގޮސްފަ. ވީމާ، އަޅުގަނޑުމެން ޖާސާންގައި ދިރިއުޅުމުގެ ހުއްދަ ދެއްވާ.⁠“


އެ ހިނދު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިބާގެ ބަފައިކަލުންނާއި އަޚުން، ތިބާގެ ގާތަށް އައި ހިނދު


އެމީހުންގެ ތެރޭން މާތްކަލާނގެއަށް ބިރުވެތިވާ ތެދުވެރި ރިޝްވަތު ނުހިފާ ބަޔަކު ޚިޔާރު ކޮށް ކޮންމެ އެއްހާސް މީހެއްގެ މައްޗަށާއި ސަތޭކަ މީހެއްގެ މައްޗަށާއި ފަންސާސް މީހެއްގެ މައްޗަށް އަދި ކޮންމެ ދިހަ މީހެއްގެ މައްޗަށް އޭގެ ތެރޭން މީހަކު އިސްކުރޭ.


އެކަލޭގެފާނު އިސްރާއީލުގެ މީހުންގެ ތެރޭން ކަމަށް އެކަށޭނަ މީހުން ހޮއްވަވައި އެމީހުންގެ ވެރިންގެ ގޮތުގައި ހަމަ ޖައްސަވައިފިއެވެ. އެކަލޭގެފާނު އެމީހުންގެ ކޮންމެ އެއްހާސް މީހަކަށް އަދި ސަތޭކަ މީހަކަށް އަދި ފަންސާސް މީހަކަށް އަދި ދިހަ މީހަކަށް ވެރިއެއް ލެއްވިއެވެ.


ދެން އެދެބޭލަކުން އަޅި މުށެއް ހިއްޕަވައިގެން ވަޑައިގެން ފިރުޢައުނުގެ ކުރިފުޅުމަތީ ހުއްޓި ވަޑައިގަތެވެ. މޫސާގެފާނު އެ އަޅި މުށްވަރު ވައިގެތެރެއަށް ބުރުއްސަވާ ލައްވައިފިއެވެ. އެ ހިނދު މީސްމީހުންނާއި ޖަނަވާރުތަކުގެ ގައިގައި ފޮޅުނަގައި ފާރު ހެދެން ފަށައިފިއެވެ.


އެކަމަކު މާތްރަސްކަލާނގެ މި އެންގެވި އެންގެވުމާމެދު އަޅާ ނުލިބަޔަކު އެމީހުންގެ މީހުންނާއި ޖަނަވާރުތައް ހިޔާ ކުރާކަށް ނޫޅުނެވެ.


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.


އެދުވަހު އެތަނަށް އަޅުކަން ކުރަން ގޮސް ހުރި ދުވާޣު ކިޔާ އަދޫމީންގެ މީހަކު ހުއްޓެވެ. މީނާއަކީ ރަސްގެފާނުގެ ބަކަރިތައް ބެލެހެއްޓުމާ ހަވާލުވެ ހުންނަ ވަރަށް އަރިސް މީހެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ