Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:4 - ކިތާބުލް މުޤައްދަސާ

4 އަޅުގަނޑުމެން މިރަށަށް މިއައީ އަޅުގަނޑުމެންގެ ޖަނަވާރުތަކަށް ކާންދޭނޭ ވިނަ ކަންޢާނުން ލިބެން ނެތުމުން މި ރަށުގައި ދިރިއުޅުމަށްޓަކައި. އެ ރަށަށް ކުރިމަތިވެފައިވީ ތަދުމަޑުކަން ވަނީ އިންތިހާއަށް ގޮސްފަ. ވީމާ، އަޅުގަނޑުމެން ޖާސާންގައި ދިރިއުޅުމުގެ ހުއްދަ ދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:4
11 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.


އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން.


ކަންޢާނު ސަހަރަށް ދިމާވެފައިވީ ތަދުމަޑުކަން ބޮޑުވަމުން ދިޔައެވެ.


އަދި ޖާސާން އޭ ކިޔާ ހިސާބުގައި އަހަރެންގެ ކައިރީގައި ބަފައިކަލުންގެ ހުރިހާ ދަރިންނާއި ކާފަ ދަރިންނާއި ބަފައިކަލުންގެ އެންމެހާ ކަންބަޅިތަކާއި އަދި ބަފައިކަލުންގެ ހުރިހާ މުދަލަކާއިއެކު ދިރިއުޅުއްވޭނެޔޭ.


އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’⁠އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.⁠‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.⁠“


އެ ހިނދު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިބާގެ ބަފައިކަލުންނާއި އަޚުން، ތިބާގެ ގާތަށް އައި ހިނދު


ދެން މުޅި މިޞްރުގައާއި އަދި ކަންޢާނުކަރައަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިވެ މީސްތަކުންނަށް ވޭނާއި ކެކުޅުން ލިބުނު. އަދި އަހަރެމެންގެ ކާބަފައިންނަށް އެއްވެސް ގޮތަކުން ކެއުމަށް ބޭނުން ކުރާ ގޮވާން ލިބޭނެ ގޮތެއް ނެތުނު.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވީ އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ ޤައުމު ނޫން ބީރައްޓެހި ޤައުމެއްގައި އުޅެން ޖެހޭނެ ކަމުގަ. އަދި އެ ރަށުގައި އަޅުންގެ ގޮތުގައި ވަރަށް އަނިޔާލިބި ހަތަރުސަތޭކަ އަހަރު ހޭދަކުރާނެ ކަމުގަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ