Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 47:31 - ކިތާބުލް މުޤައްދަސާ

31 އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އެފަދައިން ކަންތައް ކުރާނެ ކަމުގައި އަހަރެންގެ ކުރިމަތީގައި ހުވާކުރޭ.⁠“ އެ ހިނދު އެފަދައިން ކަންތައް ކުރައްވާނެ ކަމުގައި ވިދާޅުވެ ޔޫސުފުގެފާނު ހުވާ ކުރެއްވިއެވެ. އަދި އިސްރާއީލުގެފާނު އެކަލޭގެފާނު ހިންގަވަން ގެންގުޅުއްވި އަސާކޮޅުގައި ހިއްޕަވާ ތެދުވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ކުރުނީސް ކުރައްވައި އަޅުކަންކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 47:31
12 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ، މާތްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.⁠“


އިބްރާހީމްގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އެންމެ ރަނގަޅު، ތިޔަފަދައިން އަހަރެން ވެސް ވަޢުދުވަމު!⁠“


އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ.


ދެން ޚާދިމުކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް މިފަދައިން ދުޢާ ދެންނެވިއެވެ.


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) އެކަލޭގެފާނު އަވަހާރަވުމާއި ކައިރިވެއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ ދަށުގައި އަތް ޖައްސައި އަހަރެން މިޞްރުގައި ވަޅުނުލުމަށް ހުވައި ކުރޭ.


އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދަރިންގެ ކިބައިން ޔޫސުފުގެފާނު މިފަދައިން ޢަހުދު ކަށަވަރު ހިއްޕެވިއެވެ. ”⁠މާތްކަލާނގެ ތިޔަބައިމީހުން މިރަށުން ނެރުއްވައި ތިޔަބައިމީހުން ކަންޢާނަށް އަލުން އަނބުރާ ގެންދަވާ ހިނދު އަހަރެންގެ ހަށިގަނޑު ތިޔަބައިމީހުންނާއި އެކުގައި ގެންދިއުމަށް ވަޢުދުވޭ.⁠“


’⁠އަޅުގަނޑުގެ ބަފައިކަލުން އަވަހާރަވުމުގެ ދާންމަތީގައި، އެކަލޭގެފާނު ފަސްދާނުލެއްވުމަށް ހަމަޖައްސަވާފައިވާ ތަން ކަމަށްވާ ކަންޢާނުގައި ފަސްދާނުލައި ދޭނެ ކަމަށް އަޅުގަނޑު ވަނީ ވަޢުދު ވެފައި. ވީމާ، އެތަނުގައި ބަފައިކަލުން ފަސްދާނު ލުމަށް ފަހު، އެނބުރި އައުމުގެ އަމުރު ދެއްވުމަށް އެދި ދަންނަވައިދީ.⁠‘⁠“


ޔަޢުޤޫބުގެފާނު ޔޫސުފުގެފާނުގެ ދެ ދަރިކަލުންނަށް ބަރަކާތްލައްވައި ދެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ މަތިވެރިކަމުންނެވެ. އެކަލޭގެފާނު އަވަހާރަވާން ކައިރިވީހިނދު އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ